ޚަބަރުސިއްހަތު

ނަފްސާނީ ބަލިތައް

September 12, 2022

Share this story

ލިޔުނީ

އަށްޑުވަސް,

solexsolex

ޑޮކްޓަރ ނަފްޙާ މުޙައްމަދު ރަޝީދު

ދިވެހި މުޖްތަމައު ނަފްސާނީ ބަލިތައްގައި އާދަޔާ ޚިލާފަށް އިތުރުވަމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ. މި ސިލްސިލާގެ ލިޔުން ތަކުގައި ނަފަސާނީ މައްސަލަތަކާ، މައްސަލަތައް ދެނެގަންނާނެ ގޮތާއި އަދި މިފަދަ މައްސަލަތަކަށް ފަރުވާ ހޯދުމުގެ މުހިންމު ކަމާމެދު އަލި އަޅުވައިލަން ޤަޞްދުކުރަމެވެ .

މިލިޔުމަކީ ސައިކޭޓްރިކް ހާއްސަ ޑޮކްޓަރަށް ނުދައްކާހުރުމަށް ބާރުއަޅާ ނުވަތަ އެފަދަ ޑޮކްޓަރުންގެ ލަފާ ނުހޯދުމަށް ބާރު އަޅަން ދޭ އިރުޝާދުތަކެއް ނޫން ކަމުގައި ފަށަމުން ވެސް ދަންނަވަމެވެ. މިލިޔު މަކީ މުޖްތަމައު ހޭލުން ތެރި ކުރުމު ގެ ގޮތުން ހުށައަޅާ ލިޔުންތަކެކެވެ. އަޅުގަނޑު ލިޔުންތައް ނަފްސާނީ ބަލިތަކުގެ ތަފާތު ބައިތަކަށް ބަހާލަން ޤަޞްދުކުރަމެވެ.

- ސައިކޮލޮޖިކަލް މައްސަލަތައް ( މުޖްތަމައެގައި އެމައްސަލަތައް ގިނަ )

- އެންމެ އުދަގޫ ނަފްސާނީ މައްސަލަތައް ( ބޭސްފަރުވާ ކުރުމަށްވެސް އަދި ބަލި މީހާޔަށްވެސް ތަހައްމަލު ކުރަން އުދަގޫ މައްސަލަތައް)

- މައިންނަށް ދިމާވާ މައްސަލަތައް ( ހާއްސަކޮއް ވިހުމާއި ގުޅިގެން)

- މުސްކުޅިންގެ ހާއްސަ ނަފަސާނީ މައްސަލަތަށް ،

- ކުޑަކުދިންގެ މައްސަލަތައް އަދި ބަޔެއް

- މީހުންގެ މިޒާޖާއި ޝަޚްޞިއްތަތު ނުވަތަ ޕާސަނަލިޓީ ގައި ހިމެނޭ ސައިކޭޓްރިކް މައްސަލަ ތައް

އެންމެ އުދަގޫ ނަފަސާނީ މައްސަލަތައް:

މީގައި ފާހަގަ ކޮއްލާނީ މައިގަނޑު ތިންމަސަލައެކެވެ. އެއީ ސްކިޒޮފްރީނިއާ، ސިވިއަރ ބައިޕޯލާ ބަލި އަދި ސިވިއަރ ޑިޕްރެޝަން އެވެ.

ސްކިޒޮފްރީނިއާ:

މި ބައްޔަކީ އާއްމު ގޮތެއްގައި އާދަޔައި ޚިލާފަށް ވިސްނުންތޫނު ބައެއް މީހުންނަށް ޖެހޭ ވިރާސީ ބައްޔެއް ކަން ފާހަގަކުރެވެއެވެ. މިބަލީގައި މައިގަނޑު ގޮތެއްގައި ދެކަމެއް ފާހަގަކުރެވެއެވެ. މި ބަލީގެ ޝިކާރައަކަށް ވާ މީހުން މޮޔަވުން ނުވަތަ ސައިކޯވުން ޙާލަތު ކުރިމަތިވެއެވެ. ހަގީގަތެއްނެތް ގަބޫލުކުރުންތަކާއި އަޑުތައް އިވުމާއި އަދި އެތަނެއްގައި ނުވާތަކެތި ނުވަތަ ޚިޔާލީ ތަކެތި ފެނުން ހިމެނެއެވެ. ދެވަނަކަމަކީ އަމިއްލަ ހާލައިގެން ދިރިއުޅެން ދަތި ވުމެވެ. ( އަމިއްލަޔަށް އެއްވެސް މަސަތްކަތެއް ނުކުރެވުން، އެއީ ކާންބޯން ކުރާ މަސައްކަތް ކަމުގައި ވިޔަސް ނުވަތަ ކައި ބޮއި ފެންވަރާ ހެދުން ފަދަ ކައްތައް ތައްވެސް ބަލިބޮޑުވާ ދުވަސް ވަރު ނުކުރެވުން އެކަށީ ގެންވެއެވެ.)

މިބަލި ތަހައްމަލު ކޮއްފައިވާ މަޝްހޫރު މީހުންގެ ތެރޭގައި ހިސާބު ޢިލްމުގެ ޕްރޮފެސަރ ޖޯން ނޭޝް ޖޭއާރު ހިމެނެއެވެ. މީނާޔަކީ އެކޮނޮމިސްއިން ނޯބެލް އިނާމު ހާސިލް ކޮއްފައިވާ އެމެރިކާގެ ރައްޔިތެކެވެ.

އިކޮނަމިކްސް މަޝްހޫރު ގޭމް ތިއަރީއަކީ އުފެއްދި ޖޯން ނޭޝްއަކީ އެތަކެއް އެވޯޑެއް ލިބިފައިވާ ޝަޚްޞިއްޔަތެކެވެ. ރަސަލް ކްރޯވ ބަޠަލެއްގެ ބައި އަދާކުރި އަ ބިޔުޓިފުލް މައިންޑް، މިފިލްމު ބިނާ ކޮއްފައިވަނީ ޖޯން ނޭޝް ގެ ހަޔާތުގެ މައްޗަށެވެ.

ކުރެހުމުގެ ދާއިރާއިން މައްޝޫރު ވިންސެންޓް ވެން ގޯރ އަކީވެސް މިބަލި ތަހައްމަލު ކުރިމީހެއް ކަމަށް ބެލެވެއެވެ. އެލްބަޓް އެއިންސްޓައިން ގެ ދަރިފުޅު އެޑްވަޑް އެއިންސްޓައިން، އަދި ބޮލީވުޑްގެ މައްޝޫރު ބަތަލާ ޕަރުވީން ބާބީވެސް ވަރަށް ގިނަދުވަސް ވަންދެން ސްކިޒޮފްރީނިއާގެ ވައްތަރެއް ކަމަށްވާ ޕެރެނޮއިޑް ސްކިޒޮފްރީނިއާ ތަހައްމަލު ކުރަން ޖެހުނެވެ.

މިބައްޔަށް ބިނާ ކޮއްހެދިފައިވާ ފިލްމު ތަކުގެ ތެރޭގައި އަ ބިޔުޓިފުލް މައިންޑް ގެ އިތުރުން ކްލީން ޝޭވަން، ސްޕައިޑަރ، ޝަޓަރ އައިލެންޑު، ޓޭކް ޝެލްޓަރ، އަދި ހިންދީ ފިލްމު ކާތިކް ކޯލިން ކާތިކް ހިމެނެއެވެ.

ސްކިޒޮފްރީނިއާ ބައްޔަކީ އޭގެޒާތުގައި ބަޔެއް ފަހަރު ބަލި ކުޑަކޮއް ރަނގަޅުވެ އަދި ދުވަސް ކޮޅަކުން ބަލި ބޮޑުވާ ޒާތުގެ ބައްޔެކެވެ. އަދި ގިނަފަހަރައް މި ބައްޔަށް ދާއިމީ ގޮތެއްގައި ބޭސް ފަރުވާ ކުރަން ޖެހެއެވެ. މިބަލީގައި ކުއްލިޔަކަށް ނުވަތަ އެކިޔުޓް ފޭސްގައި ފެންނާނެކައްތައް ތަކަކާއި ދާއިމީ ގޮތެއްގައި ފެންނާނެ ކަންތައްތަކެއް ހުރެއެވެ. ކުއްލިޔަކަށް ފެންނާނޭ ކަންތައް ތަކަށް ބަލީގެ ނައްސި ސިފަތަކޭވެސް ކިޔައެވެ.