ޚަބަރުސިއްހަތު

ނަފްސާނީ ބަލިތަކުގެތެރެއިން: ބައިޕޯލާ

February 04, 2023

Share this story

ލިޔުނީ

އަށްޑުވަސް,

ސިއްހަތު

ލިޔުނީ : ޑޮކްޓަރ ނަފްޚާ މުޙައްމަދު ރަޝީދުsolexsolex

ބައިޕޯލާއަކި މިބަލީގެ ވޭން ތަހައްމަލުކުރަމުންދާ މީހުންނަށް ވަރަށް ދަތި އުދަގޫ ހާލަތެއް މެދުވެރި ކުރުވާކަމެކެވެ. މިބަލީގެ ސަބަބުން މީހުންގެ މަލާމާތްލިބެއެވެ.ދޭދޭގުޅުންތައްހަލާކުވެ އާއިލާތައް ރޫޅެން މެދުވެރިވެއެވެ. މިބަލި ތަހައްމަލުކުރަމުންދާމީހުންނަކީ މުޖްތަމަޢު ބަލައިގަންނަބަޔެއް ނޫނެވެ. ބައްޔާ ގުޅިން އިތުރު ޖިސްމާނީ ބަލިތައް ޖެހުމުގެ އިތުރުން އަށަގެންވާ ނުބައި އާދަ ތަކުގެ ސަބަބުން ބައެއް މީހުނަށް އަތްމަތި ދަތިވުމުންފަދަ ކަންކަން ކުރިމަތި ވުމަކީވެސް ވަރަށް އާއްމު ކަމެކެވެ.

ބައިޕޯލާ ތަހައްމަލު ކުރަމުންދާ މަޝްހޫރު ސެލެބްރިޓީންގެ ތެރޭގައި ކާންޔޭ ވެސްޓް، މަރަޔާ ކްރޭ، ސެލީނާގޯމޭޒް ގެ އިތުރުން ސްޓާވޯސް ފިލްމުތަކުން ވިދާލި ކެރީ ފިޝަރ ފަދަމީހުން ހިމެނެއެވެ. ހަމައެހެންމެ ލިޔުންތެރިޔާ ވާޖީނިޔާ ވުލްފާއި ވަރަށް ފަހުން ޒުވާން އުމުރުގައި ނިޔާވި އާރޮން ކާޓަރ ގެ އިތުރުން އިންޑިޔާގެ ލަވަކިޔުންތެރިޔާ ޔޯޔޯ ހަނީ ސިންގް އަކީވެސް މިބަލީގައި ދުވަސްތައްވޭތުކުރާ ފަރާތެކެވެ.

ބައިޕޯލާއަކީ މައިގަނޑު ގޮތެއްގައި މީހާގެ މިޒާޖު ނުވަތަ މޫޑަށް އަންނަ ބަދަލު ތަކެކެވެ. މިފަދަ ނަފްސާނީ ބައްޔެއް ކަމުގައިވާ ސްކިޒޮފުރޭނިޔާ އަކީ މީހާގެވިސްނުމަށް އަންނަ ބަދަލުތަކެކެވެ. މިޒާޖަކީ މީހާގެ ސިކުނޑިޔާވިސްނުމަށް އަންނަ ބަދަލުތަކުގެ އަލާތްތައް ބޭރުފުށަށް ފެންނަ ގޮތެކެވެ. މި ބަލީގެ އުނދަގޫ އުފުލާ މީހުންގެ މޫޑު އާދަޔާ ޚިލާފަށް މަތިވުން ނުވަތަ މޭނިޔާގައި އުޅޭދުވަސް ކޮޅަކާއި މޫޑު ވަރަށް ބޮޑަށް ދައްވެ ޑިޕްރެޝަން ގައި އުޅޭދުވަސް ކޮޅެއްވެސް ދެއެވެ. ބަޔެއްދުވަސްވަރު މުޅިން ރަނގަޅު ވެއްޖެކަމަށް ހީވާވަރަށް ރަނގަޅުވެފައިވެސް ހުރެއެވެ.

ބައިބޯލާ މީހަކަށް ޖެހިފައިވާކަން ގިނަފަހަރަށް ދެނެގަނެވޭ މިންވަރަށް މިޒާޖަށް ބަދަލުއަންނަށް ފަށަނީ އެފަދަ މީހަކަށް ދިރިއުޅުމުގައި ތަޙައްމަލު ކުރަން އުނދަގޫ ޙާލަތްތަކެއް މެދުވެރި ވުމާއި ގުޅިގެންނެވެ. މީގެ ތެރޭގައި މާބޮޑަށް ހާސްވެ ހިތްދަތިވާކަމެއްދިމާވުން ، ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާޔެއްލިބުން، ހަމަނިދި ނުލިބުން، މަސްތުވާތަކެތި ބޭނުންކުރުން ، ބަޔެއް ވައްތަރުގެ ނާރުގެ ބަލިބަލި ހުރުން ފަދަ ކަންކަން ހިމެނެއެވެ. ބަޔެއް ޙަލަތުގައި ވިހެއުމަށްފަހުވެސް ބައިޕޯލާ ބަލީގެ ފުރަތަމަ އަލާމަތްތައް ފެންނަންފަށައެވެ. މިބަލި އާންމުގޮތެއްގައި ދިމާވަނީ އުމުރުން 15 އާއި 35 ދެމެދު އުމުރު ފުރާގެ މީހުންނަށެވެ.

މިބަލީގައި ފުރަތަމަ ޙާލަތުގެ އަލާމާތްތައް:

- ޢެއްވެސް ކަމަކަށް ސަމާލުކަން ނުދެވުން

- ނިދިމަދުވުން ނުވަތަ ނުނިދުން

- އާދަޔާ ޚިލާފުބާރެއް ލިބިފައި ހުންނަހެން ހީވެ އާއްމު މީހުންނަށް ވުރެ ބޮޑަށް މަސަތްކަތްކުރަން އުޅުން

- ގިނައިން ޚަރަދު ކުރުން

- އާދަޔާހިލާފަށް ވާހަކަ ގިނަވުން/ އަގަގަދަވުން

- ފަސޭހައިން ރުޅިއައުން

- މާގިނައިން ޖިންސީ އަމަލުތައްކުރުމާއި ކުރާހިތްވުން

- ވިސްނުމެއްނެތި ކަންކަން ކޮއްލުން

- އެހެން މީހުންނާއި މެދު ޝައްކުގެ ނަޒަރުން ބެލުން

- ތިމާޔަކީ ވަރަށް ޚާއްސަމީހެކޭ ނޫނީ ބާރުގަދަ މީހެކޭ ހީވުން ނުވަތަ ރޫހާނީ ބާރުވެރިކަމެއް ލިބޭކަމަށް ގަބޫލުކުރުން

މިބަލީގައި އަންނަދެވަނަ ހާލަތުގެ އަލާމާތްތައް:

- ހިތާމަކުރުން ނުވަތަ ވަރަށް ބޮޑަށް ދެރަވެފައި ހުރުން

- ވަރުބަލިވުން ގައިގައި ހަކަތަޔެއް ނެތުން

- ހަނދާންބަލިވުން،

- ބަލިމީހާޔަކީ ވަރަށް ދެރަމީހެކޭހީވުން

- މާދިނައިން ނިދުން ނުވަތަ ނިދަން އުދަގޫވުން

- ކާހިތް ނުވުމާއި ނުކެވުން ނުވަތަ އާދަޔާހިލާފަށް ގިނައިން ކެއުން

- މަރުވާން ބޭނުންވުން އަދި އަމިއްލަޔަށް މަރުވުމުގެ ހިޔާލުތައް ކުރެވުން

ކޮށްމެ ބަލިމީހެއްގެ ހުރިހާ އަލާމަތް ތައް ނުފެނުން އެކަށީގެންވެއެވެ. އެހެންނަމަވެސް މަތީގައި ދެންނެވި ފަދައަލާމަތް ތަކެއް ގާތްމީހެއްގެ ފަރާތންފެންނަނަމަ ސައިކޭޓްރިސްޓަކަށް ދައްކާ ފަރުވާހޯދުން މުހިންމެވެ. މިބައްޔަކީވެސް ދާއިމީ ކޮއްފަރުވާ ހޯދަން ޖެހޭބައްޔެކެވެ. ފަރުވާކުޑަ ނުކޮށް މެދުކެނޑުމެއްނެތި ފަރުވާކުރަމުންދާތީ ރަނގަޅުދިރި އުޅުމެއް އުޅެމުންދާ ވަރަށް ގިނަ ފަރާތްތައް ތިބި ކަން ފާހަގަކުރަމެވެ. ބަލިގެ ނުރައްކަތެރި މަރުޙަލާއަށް ދިޔުމުން އަމިއްލައަށް ފަރުވާހޯދުމަށް މަސައްކަތްކުރުމުގެ ވިސްނުމާއި ޤާބިލުކަން ގިނަފަހަރަށް ނެތިދެއެވެ. އެޙާލަތު ދެނެގަނެ ބަލިމީގެ ގާތްފަރާތަކުން ފަރުވާ ގެ އިންތިޒާމްތައް ކުރިޔަށް ގެންދިޔުމަކީ އެފަރާތްތަކުގެ ދިރިތިބުމަށްތަކައި ކޮށްމެހެން ލާޒިމް ކަމެކެވެ.