ޚަބަރުރާއްޖެ

ހިޔާ ފްލެޓުގެ ފިނިޝިންގއަށް ދިޔަ ހަރަދު އަނބުރާ ދޭނަން: ޑރ މުއިއްޒު

September 13, 2023

Share this story

ލިޔުނީ

އަށްޑުވަސް,

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިމާރާތް ކުރި ހިޔާ ފްލެޓުގެ ފިނިޝިންގ ނިންމަން ރައްޔިތުން ކުރި ހަރަދު ވެރިކަން ލިބިއްޖެނަމަ އަނބުރާ ދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. solexsolex

މުއިއްޒު ވިދާޅުވީ މި ސަރުކާރުން ހިޔާ ފެލެޓް ތަޅާލަން އުޅުނު ކަމަށާއި ނަމަވެސް އެކަން ނުކުރެވުނު ކަމަށެވެ. އެހެންވެ ތިން އަހަރު އެ ތަނުގެ އެއްވެސް މަސައްކަތެއް ނުކޮށް ބެހެއްޓުމަށްފަހު އެ ހުރިގޮތަށް ދިނުމަށް ނިންމީ ކަމަށާއި އެއީ ޕީޕީއެމްގެ ވެރިކަމުގައި ނިންމި ގޮތް ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ރައްޔިތުން އަތުން ދިޔަ ހަރަދުގެ އެވްރެޖް އަދަދު އަނބުރާ ދެއްވާނެ ކަމަށާއި ކޮންމެ ފްލެޓެއްގައި އިތުރު ލިފްޓެއް ބަހައްޓާނެ ޖާގަ ހުރި ކަމަށާއި އެ ބަހައްޓައިދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ހުޅުމާލެ އަކީ އެތައްހާސް ރައްޔިތުން ދިރިއުޅޭ ތަނަކަށްވާއިރު އެތަނަށް ހިދުމަތް ދެވޭނީ ރައްޔިތުން އިންތިހާބުކޮށްފައިވާ ބަޔަކަށް ކަމަށެވެ. އާބަންކޯ އަކީ ވިޔަފާރި ކުންފުންޏެއް ކަމަަށް ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ކުންފުންޏަކަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ރައްޔިތުންގެ އިހްސާސްތައް ނޭނގޭނެ ކަމަށެވެ. އެހެންވެ ހުޅުމާލެ، މާލެ ސިޓީ ކައުންސިލްގެ ދަށަށް ގެންނާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

"އޭރުން ރައްޔިތުންގެ އިހްސާސްތައް އަޑު އަހައިގެން ހިދުމަތް ދެވޭނީ،" އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވަނީ އޭނާގެ ވެރިކަމެއްގައި ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމަށްފަހު މާލެ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.