ޚަބަރުދުނިޔެ

ކަމާލާ ހަރިސްގެ މައްޗަށް ޑޮނަލްޑް ޓްރަމްޕް ކުރި ހޯދަމުންދާކަމަށް ޕޯލްތައް ދައްކަން ފަށައިފި

October 14, 2024

Share this story

ލިޔުނީ

އަށްޑުވަސް,

ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރިޔާސީ އިންތިޚާބަށް މަހަކަށްވުރެ ކުޑަދުވަސްކޮޅަކަށް ވެފައިވަނިކޮށް ކަމަލާ ހަރިސްގެ މައްޗަށް ޑޮނަލްޑް ޓްރަމްޕް ކުރިހޯދަމުން ދާކަމަށް ގިނަ ޕޯލްތަކުން ދައްކަން ފަށައިފިއެވެ. އާދިއްތަ ދުވަހު ޝާއިއުކޮށްފައިވާ ޕޯލްތަކުގެ ނަތީޖާ ދައްކާގޮތުން ޑިމޮކްރެޓްސްގެ ކެންޑިޑޭޓް, ކަމަލާ ހަރިސް ކުރީގައި އޮތް ސަރަޙައްދުތަކުން ޓްރަންޕް ވަނީ ފަރަގު ކުޑަކޮށްފައެވެ. އަދި ބައެއް ސަރަހައްދުތަކުން ބޮޑުތަނުން ކަމަލާއަށް ތާއިދު ވަނީ ގެއްލިފައެވެ.solexsolex

އެންބީސީ ނިއުސްގެ ޕޯލްތަކުން މީގެ މަހެއްހާ ދުވަސް ކުރިން ދެއްކި ގޮތުގައި 46 -52 އިންސައްތައިން ކުރިހޯދާނެ ކަމަށް ބެލެވުނު ޑިމޮކްރެޓުން އޭގެ ފަހުން ނެގި ޕޯލް އިން ވަނީ އެ އިންސައްތަ 48-50 ށް ބަދަލުވެފައެވެ. އަދި އާދިއްތަ ދުވަހު އެންބީސީ ނިއުސްގެ ޕޯލްގައި އެ އިންސައްތަ ވަނީ ރިޕަބްލިކަންގެ ކެންޑިޑޭޓް, ޑޮނަލްޑް ޓްރަމްޕްއާ 48 އިންސައްތަ އިން އެއްވަރުވެފައެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބު އޮންނާނީ ނޮވެމްބަރު 5 ވަނަ ދުވަހުއެވެ.

ސީބީސީ ނިއުސްގެ ޕޯލްތަކުން ފާއިތުވި މަހާ އަޅާބަލާއިރު ކަމަލާ އަށް ހަތަރު ޕޮއިންޓްގެ ކުރިއެރުމެއް ލިބުނު ނަމަވެސް އިންތިޚާބަށް ވަގުތު ކުޑަތަންވަމުން އަންނަ އިރު ކަމަލާއާ ދެކޮޅަށް ހިންގާ ކެމްޕެއިންތައް އަންނަނީ ވަރުގަދަ ވަމުންނެވެ. ޙާއްސަކޮށް ޣައްޒާގައި އިޒްރާއިލްއިން ހިންގަމުންދާ އުދުވާނާ ގުޅިގެން އެމެރިކާގެ ރައްޔިތުންގެ ނުރުހުން ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައިވާ މި ދަނޑިވަޅުގައި މިހާރުގެވެސް ނައިބު ރައީސް, ކަމަލާއަށް އިންތިޚާބު ކާމިޔާބު ކުރުމަށް ހުރި ގޮންޖެހުންތައް ގިނަ ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

އެންމެ ފަހުގެ އަދަދުތައް ދައްކާގޮތުން މިވަގުތު 1.4 އިންސައްތަ އިން ކުރީގައި ހަރިސް އޮތްނަމަވެސް މައިގަނޑު ޕޯލްތަކުގެ އެގްރިގޭޓުން ބަލާނަމަ މިއީ 2.2 އިންސައްތައިގެ ވެއްޓުމެކެވެ. އެމެރިކާގެ ސިޔާސީ އޮއިވަރު ޣައްޒާ ހަނގުރާމަ އާ ގުޅިގެން އެނބުރެމުންދާ މިދަނޑިވަޅުގައި ޑިމޮކްރެޓުން އަދި ރިޕަބްލިކަންސް އަށްވެސް އިންތިހާބު ކާމިޔާބު ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. ޙާއްސަކޮށް ހިސްޕަނިކްސް އަދި އެފްރިކަން އެމެރިކަން އިންގެ މެދުގައި ހަރިސްގެ މަޤުބޫލުކަން އަންނަނީ ކުޑަވަމުންނެވެ.