ޚަބަރުދުނިޔެ

އިޒްރާއިލްއިން ލުބުނާނުގައި ދެމުންދާ ހަމާލާތައް ކުރިއަށް, މިއަދުވެސް 21 މީހުން މަރާލި

October 16, 2024

Share this story

ލިޔުނީ

އަށްޑުވަސް,

އިސްރާއީލް

(ޤަނާ, ލުބުނާން) އިޒްރާއިލްއިން ބުދަ ދުވަހު ލުބުނާނަށް ދިން ހަމަލާތަކުގައި އެކަނިވެސް 21 މީހުން މަރާލާފައިވާކަމަށް އޮފިޝަލުންނާ ހަވާލާދީ އެސޯސިއޭޓް ޕްރެސް ބުނެފިއެވެ. އޭގެ ތެރޭގައި ދެކުނު ލުބުނާނުގެ ޓައުނެއް ކަމަށްވާ ނަބާތިއާގެ މޭޔަރުވެސް ހިމެނެއެވެ. solexsolex

އެސޯސިއޭޓް ޕްރެސް އިން އާންމުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އިޒްރާއިލް އިން ބޮންއަޅާ 15 މީހަކު މަރާލި ސަރަހައްދެއް ވަނީ އެއްކޮށް ބިމާހަމަވެފައެވެ. ސެޕްޓެމްބަރު މަހު 23 ގައި އިޒްރާއިލްއިން ލުބުނާނަށް ރަސްމީކޮށް ވައިގެމަގުން ހަމަލާތައް ދޭން ފަށާފައިވާއިރު އިޒްރާއިލްއިންދަނީ ދެކުނު ލުބުނާނުން ފަހަރަކު ސަރަޙައްދެއް ސުންނާފަތިކުރަމުންނެވެ.

މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން މިހާރުވެސް ދަނީ ބުލްޑޯޒަރުތަކުގެ އެހީއާއެކު އިމާތާތްތަކުގެ ބައިތައް ވަކިކޮށް އިމާރާތްތަކުގެ ދަށުން ތާށިވެފައިވާ މީހަކު ފެނޭތޯ ބަލަމުންނެވެ.

1996 ވަނަ އަހަރުވެސް އިޒްރާއިލްގެ މިސައިލް ހަމަލާތައް ދެކުނު ޤަނާއަށް ދިނެވެ. އެފަހަރުވެސް ޤަނާގެ 100 އަށްވުރެ ގިނަ އާންމުން މަރުވިއެވެ. އޭގެ ތެރޭގައި ސުލްޙައަށް މަސައްކަތްކުރާ އދ ގެ ހަތަރު ފަރާތެއްވެސް ހިމެނެއެވެ.

މީގެ އަހަރެއް ކުރިން ޣައްޒާގައި އިޒްރާއިލްއިން އިން ފެށި ހަނގުރާމަ ލުބުނާނަށް ފުޅާކޮށްފައިވާއިރު އިޒްރާއިލްއިން ޣައްޒާގައި ދެމުންދާ ހަމަލާތައްވެސް އަދިވެސް ދަނީ ކުރިއަށެވެ. ފާއިތުވު 24 ގަޑިއިރު ތެރޭގައިވެސް އިޒާއިލްއިން ދިން ހަމަލާތަކުގައި ޣާއްޒާގެ 65 މީހަކު މަރާލާފައިވާއިރު 140 ށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެވެ.

ލުބުނާނަށް އިޒްރާއިލްއިންދޭ ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށްދާއިރު ހޯމަ ދުވަހު ލުބުނާނުގެ ބޮޑުވަޒީރު ނަޖީބު މިކާތީ ބުނެފައިވާ ގޮތުގައި އެމެރިކާއިން ވަނީ އިޒްރާއިލްއިން ލުބުނާނަށް ދޭ ހަމަލާތައް އެއްކޮށް ހުއްޓާލާނެކަމުގެ ޔަޤީންކަންދީފައެވެ. ނަމަވެސް އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ ލުބުނާގައި ހިންގަމުންދާ އޮޕަރޭޝަންސްތައް ކުރިއަށް ގެންދާނެކަމަށް ބުނެފައެވެ.