ޚަބަރުދުނިޔެ

އެފްރިކާގެ ހަނަފަސް ސަހަރާތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ, ހިތްގައިމު މަންޒަރުތަކެއް

October 16, 2024

Share this story

ލިޔުނީ

އަށްޑުވަސް,

މުޅި ދުނިޔޭގައިވެސް ހޫނުމިން އެންމެމަތި އެފްރިކާގެ ހަނަފަސް ސަހަރާތަކަށް އޮކްޓޯބަރު މަހު ވެހުނު ވާރޭގައި ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެފައިވާ ފޮޓޯތަކެއް އާންމުވެއްޖެއެވެ. މިގޮތަށް ސަހަރާގައި އެއްވެސް ވަރަކަށް ފެން ނުހެދޭތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ. solexsolex

ސަހަރާތަކަށް ވާރޭ ވެހޭނީ ވަރަށް މަދުންނެވެ. ނަމަވެސް ފާއިތުވި ސެޕްޓެމްބަރު, އަދި މި ހިނގާ އޮކްޓޯބަރު މަހު ސަހަރާއަށް ވާރޭވެހުނު ނިސްބަތްވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. ހާއްސަކޮށް މޮރޮކޯގެ އިރުދެކުނު ސަރަހައްދުތަކަށް ވާރޭ ވެހިފައިވާ މިންވަރު ވަނީ އިތުރުވެފައެވެ. އެސަރަޙަށްދަށް އެހާގިނައިން ވާރޭވެހުނީ ސަރަހައްދުން ފެށިގެން ސަހަރާގެ ހުޅަނގު އުތުރަށް އުފެދުނު އުފެދުނު ލޯ ޕްރެޝަރ ޓްރަފެއްގެ ސަބަބުންކަމަށް މޫސުމާބެހޭ ތަޖުރިބާކާރުންނާ ހަވާލާދީ ސީއެންއެންގައި ބުނެފައިވެއެވެ.

ނާސާއިން އާންމުކޮށްފައިވާ ފޮޓޯތަކުގައި ވާގޮތުން ސަހަރާގެ ބައެއް ސަރަޙައްދުތަކުގައި ގާތްގަނޑަކަށް 8 އިންޗީގެ ފުންމިނުގެ ބޮޑެތި ފެންގަޑުތައް އުފެދިފައިވެއެވެ.

މޮރޮކޯގެ މީޓިއޮރިލޮޖީ އެޖެންސީގެ ފަރާތުން ވާހަކަދެއްކި ހޮސެއިނީ ޔޮއުބެބް އާ ހަވާލާދީ އެސޯސިއޭޓް ޕްރެސްއިން ހާމަކޮށްފައިވާ ގޮތުގައި މިހާރު އެގޮތަށް ސަހަރާއަށް ވާރޭ ނުވެހޭތާ 30-50 އަހަރުވެދާނެއެވެ. މި ފަހަރުގެ މި ވިއްސާރައާއެކު ސަހަރާގެ ބައެއް ސަރަޙައްދުގައި ހެދިފައިވާ ރުއްތަކުގެ ދަށުގައި އުފެދިފައިވާ ފެންގަނޑުތަކާއެކު އެސަރަޙައދުން މިހާރު ފެންނަނީ ހުވަފެނީ މަންޒަރެކެވެ. ވެލިތަކުގެ އަޑިގުޑަން ތަކުގެ ތެރޭގައި އުފެދިފައިވާ ފެނުގެ ނާދިރު އާރުތަކާއެކު މޮރޮކޯގެ މާޒޮއުގާ ސަރަޙައްދުގެ މަންޒަރުތައްވެސް އެހާމެ ޗާލެވެ.