ޚަބަރުދުނިޔެ

އެމެރިކާ ސިފައިންގެ ފައުޖެއް އިޒްރާއިލްއަށް

October 15, 2024

Share this story

ލިޔުނީ

އަށްޑުވަސް,

އިސްރާއީލްއެމެރިކާ

އިޒްރާއިލްއިން އިރާނަށް ހަމަލާދޭން ތައްޔާރުވަމުންދާ ދަނޑިވަޅުގައި އެމެރިކާ ސިފައިގެން ފައުޖެއް އިޒްރާއިލްއަށް ގޮސްފިއެވެ. "ތާމަލް ހައި-އަލްޓިޓިއުޑް ޑިފެންސް (ތާޑް)" މިސައިލް ސިސްޓާމާއެކު އޮޕަރޭޓިން ކްރޫގެ ޓީމެއްވެސް އަދި އިޒްރާއިލްއަށް ދާނެކަމަށް ޕެންޓަގަންގެ ތަރުޖަމާނާ ހަވާލާދީ ދި ޓެލެގްރާފްގައި ރިޕޯޓްކޮށްފައި ވެއެވެ. solexsolex

މިސައިލް ނިޒާމުގެ ބެޓްރީ ކައިރި މުސްތަގުބަލެއްގައި އޮޕަރޭޝަނަލީ މުޅިން ޤާބިލްވާނެ ކަމަށްވެސް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކާހުރެ ޓައިމްލައިން ހިއްސާކުރަން ތަރުޖަމާނު ވަނީ އުޒުރުވެރި ވެފައެވެ. މި ނިޒާމް އޮޕެރޭޓް ކުރުމަށްޓަކައި އަސްކަރީ ތަމްރީނު ލިބިފައިވާ 100 އެއްހާ މީހުން އިޒްރާއިލްއަށް ދާނެއެވެ. މިއީ މިފަހަރުގެ ކާރިސާ ފެށުނު ފަހުން އެމެރިކާގެ އަސްކަރިއްޔާގެ މިހާބޮޑު ފައުޖެއް އިޒްރާއިލްއަށް ފޮނުވާ ފުރަތަމަ ފަހަރެވެ. އެމެރިކާއިން އިޒްރާއިލްއަށް ތާޑް މިސައިލް ސިސްޓަމް އާއެކު އަސްކަރީ ފައުޖެއް މި ފޮނުވަނީ އިޒްރާއިލްގެ މިސައިލް އިންޓަސެޕްޓަރ ތަކުގެ މަސައްކަތް މަޑުޖެހިފައިވަނިކޮށެވެ. މިއީ އިޒްރާއިލްގެ މިސައިލް ޑިފެންސް ސިސްޓަމް ވަރުގަދަކުރުމަށް ކުރާ ފަންނީ މްސައްކަތެއް ކަމަށްވެސް ޕެންޓަގަން އިން މައުލޫމާތު ދެއެވެ.

މި ދަނޑުވަޅުގައި އެމެރިކާއިން ވަނީ އިޒްރާއިލްއިން ލުބުނާނަށް ދޭ ހަމަލާތައް މަދުކުރާނެ ކަމުގެ "ޔަޤީންކަންވެސް" ދީފައެވެ. އެކަން ލުބުނާނުގެ ބޮޑުވަޒީރު ނަޖީބް މިކާތީވެސް ވަނީ ކަށަވަރުކޮށްދީފައެވެ. "އެމެރިކާއިން ބެއިރޫތަށް ދޭ ވައިގެ ހަމަލާތައް މަދުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަށް ވަނީ ދީފައި" ބޮޑުވަޒީރު މިކާތީއާ ހަވާލާދީ ޓޭލްގްރާފް ނޫހުން ރިޕޯޓްކޯށްފައި ވެއެވެ.

ނަމަވެސް ހޯމަ ދުވަހުވެސް އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ އިޒްރާއިލްއިން ލުބުނާނުގައި ހިޒްބުالله އަށް ދެމުންގެންދާ ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމުގައެވެ.

"އަހަރެން ބޭނުން މިކަން ސާފުކޮށްލަދޭން. އަހަރެމެން އެއްވެސް ރަހުމެއްނެތި ހިޒްބުالله އަށް ދޭ ހަމަލާތައް ލުބުނާނުގެ އެތައްމިތަނަށް ހަމަލާދީގެންވިއަސް އަދި ބެއިރޫތަށް ހަމަލާދީގެންވިއަސް ކުރިއަށް ގެންދާނަން" ނަތަންޔާހޫ ބުނެފައި ވެއެވެ.