ޚަބަރުދުނިޔެ

އިޒްރާއިލްއިން ދެކުނު ލުބުނާނުގެ 200 ތަނަކަށް އަމާޒުކޮށް ހަމަލާދީ, އާންމުން ނިކުތުމަށް އަންގައިފި

October 14, 2024

Share this story

ލިޔުނީ

އަށްޑުވަސް,

އިސްރާއީލް

އިޒްރާއިލްއިން ދެކުނު ލުބުނާނުގެ 200 ތަނަކަށް އަމާޒުކޮށް ހަމަލާދީ, އާންމުން ނިކުތުމަށް އަންގައިފިއެވެ.solexsolex

ހޯމަ ދުވަހު އިޒްރާއިލްގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ދެކުނު ލުބުނާނުގައި ހިޒްބުالله ގެ 200 ތަނަކަށް އަމާޒުކޮށް ހަމަލާ ދީފައިވާނެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދީފައިވާ މި ހަމާލާތަކަށްފަހު ދެކުނު ލުބުނާނުގެ 20 އަށް ވުރެ ގިނަ އަވަށުން މީހުން ނުކުތުމަށް އިޒްރާއިލްގެ އަސްކަރިއްޔާއިން ވަނީ އަންގާފައެވެ.

މި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މުޅިން ޔަޤީންވެފައެއް ނުވެއެވެ. އާދިއްތަ ދުވަހު އިޒްރާއިލްގެ މިލިޓަރީ ބޭސްތަކަށް ހިޒްބުالله އިން ދިން ހަމަލާތަކުގައި އިޒްރާއިލް ސިފައިންގެ ހަތަރު މީހަކު މަރުވެފައިވާއިރު 7 މީހަކު ޒަޚަމްވެފައިވާކަމަށް އިޒްރާއިލްގެ އަސްކަރިއްޔާއިން މަޢުލޫމާތު ދެއެވެ. ލުބުނާނުން އިޒްރާއިލްއަށް އަމާޒުކޮށް ފޮނުވާލާފައިވާ ކަމަށް ބެލެވޭ ޕްރޮޖެކްޓައިލްތަކެއް ފެނިފައިވާއިރު ހޯމަ ދުވަހު މުޅި އިޒްރާއިލްގައި މެދު ނުކެނޑި ސައިރަންގެ އަޑުފައްގަނޑު ވަނީ ގުގުމާލާފައެވެ.

އިޒްރާއިލްއިން ހޯމަ ދުވަހުގެރޭ އުތުރު ލުބުނާނަށްވެސް ވައިގެ ހަމަލާއެއްދީ 18 މީހަކު މަރާލާފައިވާކަމަށް ލުބުނާނުގެ ރެޑް ކްރޮސްއާ ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވެއެވެ.

ހޯމަ ދުވަހުގެ ހެނދުނުވެސް އިޒްރާއިލްއިން ވަނީ ޣައްޒާގެ އަލް އަޤްޞާ ހޮސްޕިޓަލްގެ ކޮމްޕައުންޑް ތެރޭގައި ޓެންޓުތަކުގައި ހިމާޔަތް ހޯދައިގެންތިބި އެތައްސަތޭކަ ބަޔަކަށް ބޮން އަޅާފައެވެ. ރޮކެޓް ހަމަލާތަކާއެކު ޓެންޓުތަކުގައި ހުޅުގަނޑު ފަޅައިގެންގޮސް މީހުން ދިރިތިއްބާ އަނަދަމުންދިޔަ މަންޒަރުވަނީ ފެނިފައެވެ. އިޒްރާއިލްއިން ބުނެފައިވަނީ މެދުތެރޭ ޣައްޒާގެ ދިއެރް އެލް-ބަލަޙް ގައި ހުންނަ އަލް އަޤްޞާ ހޮސްޕިޓަލަށް ދީފައިވާ ހަމަލާއަކީ އެތާނގެ ތެރޭގައި ހުރި ހަމާސްގެ ކޮމާންޑް ސެންޓަރަކަށް އަމާޒުކޮށް ދީފައިވާ ހަމަލާއެއް ކަމުގައެވެ.