ޚަބަރުދުނިޔެ

ޔަޙްޔާ ޞިންވާރުގެ މަރަށް ފަހުވެސް ހުއްޓުމެއްނެތް, ހުކުރު ދުވަހުވެސް ޣައްޒާއިން 39 މީހަކު މަރާލި

October 19, 2024

Share this story

ލިޔުނީ

އަށްޑުވަސް,

އިސްރާއީލްޣާއްޒާ

ފާއިތުވި ހަފްތާގެ ބުދަ ދުވަހު އިޒްރާއިލްއިން ވަނީ ޚަމާސްގެ ލީޑަރު ޔަޙްޔާ ޞިންވާރު މަރާލާފައެވެ. އެކަން ހަމާސް އިންވެސް ކަށަވަރު ކޮށްދީފައިވާއިރު ދުނިޔެ އުއްމީދުކުރަމުން ދިޔައީ ޞީންވާރުގެ މަރަށްފަހު އިޒްރާއިލްއިން ޣައްޒާގައި ދޭ ހަމަލާތައް ހުއްޓާލާނެކަމަށެވެ. ނަމަވެސް ބުރާސްފަތި ދުވަހުވެސް އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ އަދި މިއީ ފެށުމެއް ކަމަށެވެ. އަދި ޣައްޒާގައި ކުރާ ހަނގުރާމަ ކުރިއަށް ގެންދާނެކަމަށްވެސް އޭނާ ވަނީ ވައުދުވެފައެވެ.solexsolex

ހުކުރު ދުވަހު އެކަނިވެސް ޣައްޒާގެ އެކި ހިސާބުތަކުން 39 މީހަކު އިޒްރާއިލްއިން ވަނީ މަރާލާފައެވެ. މީގެ ތެރެއިން ގިނަ މީހުން މަރާލާފައި ވަނީ އުތުރު ޣައްޒާގެ ޖަބާލިއާ ރެފިއުޖީ ކޭމްޕުންނެވެ. މަންޒަރު ދުށް މީހުންނާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޖަބާލިއާ ރެފިއުޖީ ކޭމްޕުގެ އެންމެ އެތެރެއަށް އިޒްރާއިލްއިން ބުލްޑޯޒަރުތަކުގައި ވަދެ ވައިގެ މަގުންވެސް ވަނީ ހަމަލާދީފައެވެ. މި ޙަމަލާތައް ދިންއިރު އުތުރު ޣައްޒާއަށް ބޯފެނާއި, ކާނާ އަދި ސިއްޙީ އެއްވެސް ސާމާނެއް ނުލިބޭތާ އެތަށް މަހެއް ވަނީ ވެފައެވެ. ކަރަންޓާއި މުވާސަލާތީ ޙިދުމަތް ނުލިބޭތާ މިއީ 16 ވަނަ ދުވަހެވެ. މުޅި އުތުރު ޣައްޒާއިން ކާބޯތަކެތި އެއްކޮށް ވަނީ ހުސްވެފައެވެ. ޖަބާލިއާ ރެފިއުޖީ ކޭމްޕުގައި ވެސް 400,000 އެއްހާ މީހުން ތާށިވެފައި އެބަތިއްބެވެ. އިންސާނީ އެހީ ނުލިބި އުތުރު ޣައްޒާ ގާތްގަނޑަކަށް ވަނީ ބަނޑަށް ޖެހިފައެވެ.

އުތުރު ޣައްޒާ ދުނިޔެއާ ގުޅުން ކެނޑިފައިވާ މި ދަނޑިވަޅުގައި އިޒްރާއިލްއިން ދަނީ އެތަނުގައި މީހުން ދިރިއުޅުނު އިމާރާތައް ބުލްޑޯޒަރުތަކުން ބިމާ ހަމަކުރަމުންނެވެ. އަދި އިމާރާތްތަކުގައި ބޮން ހަރުކޮށް ރިމޯޓް ބޭނުންކޮށްގެންވެސް ދަނީ ގޮއްވަމުންނެވެ އދ ގެ ސެޓެލައިޓް ފޮޓޯތައް ދައްކާގޮތުން އުތުރު ޣައްޒާގެ 66 އިންސައްތަ އިމާރާތްތައް މިހާރުވަނީ އެއްކޮށް ބިމާ ހަމަވެފައެވެ.

ހުކުރު ދުވަހު އަލް ޖަޒީރާއިން ވެރިފައިކޮށްފައިވާ އުތުރު ޣައްޒާގެ މަންޒަރުތައް ފެންނަ ވީޑިއޯ އަކުން ފެންނަ ގޮތުގައި ވަރަށްބޮޑަށް ހަލާކުވެފައިވާ އިމާރާތްތައް ހިމެނޭ ޖަބާލިއާ ސަރަޙައްދުން ބޯ ދުން އަރަމުން ދިޔައެވެ. އަދި އިޒްރާއިލްގެ ވައިގެ ހަމަލާތަކުން ރައްކާތެރިކަން ލިބޭތޯ މީހުން ކޮޅުކޮޅަށް ދުވަމުންދާ މަންޒަރުވެސް ފެނުނެވެ. ހަމައެކަނި ޖަބާލިއާ ސަރަޙައްދުން ހުކުރު ދުވަހު އެކަނިވެސް 20 މީހުން މަރާލާފައިވާއިރު, އުތުރު ޣައްޒާގެ ބެއިތު ޙަނޫން އަދި ބެއިތު ލަޙިއާ އަށްވެސް އިޒްރާއިލްއިންވަނީ ހުކުރި ދުވަހު ހަމަލާދީފައެވެ.