ޚަބަރުދުނިޔެ

ކުރީގެ ޖެނެރަލް ޕްރަބޯވޯ އިންޑޮނީޝިއާގެ ރައީސް ކަމުގެ ހުވާ ކުރައްވައިފި

October 20, 2024

Share this story

ލިޔުނީ

އަށްޑުވަސް,

(ޖަކާޓާ, އިންޑޮނީޝިއާ) އިންޑޮނީޝިއާގެ 8 ވަނަ ރައީސް ކަމުގެ ހުވާ 73 އަހަރުގެ ޕްރޮބޯވޯ ސުބިއާންޓް ކުރައްވައިފިއެވެ. ދުނިޔޭގެ މުސްލިމް އާބާދީ އެންމެބޮޑު އިންޑޮނީޝިއާގެ ރައީސްކަމުގެ ހުވާ އާދިއްތަ ދުވަހު ކުރެއްވި ޕްރަބޯވޯއަކީ ކުރީގެ ޑިފެންސް މިނިސްޓަރެވެ. ސިފައިންގެ ޖެނެރަލެއްގެ ގޮތުގައި ހުރިއިރު އޭނާއަށްއަށް ވަނީ ޙައްޤުތައް ނިގުޅައިގެންކަމުގެ ތުހުމަތު ކުރެވިފައެވެ. އަސްކަރިއްޔާގައި ޕްރަބޯވޯ ހޭދަކުރެއްވި ދުވަސްވަރު މަޝްހޫރު ވެފައިވަނީ އަސްކަރިއްޔާގެ ހުދުމުޚުތާރު, ކަޅު ދުވަސްތަކުގެ ގޮތުގައެވެ. solexsolex

ރައީސްކަމުގެ ހުވާ ކުރެއްވިއިރު ޕްރްބޯވޯގެ އެތައްހާސް ސަޕޯޓަރުންނެއް ވަނީ ވަނީ އިންޑޮނީޝިއާގެ މަގުތަކަށް ނިކުމެ އުފާފާޅުކޮށްފައެވެ. ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ބޭރުގެ އިއްޒަރްތެރިންގެ ކުރިމަތީގައި ކީރިތި ޤުރުއާންގެ ކުރިމަތީގައި ހުވާ ކުރެވުއްވުމަށްފަހު ރައީސް ޕްރަބޯވޯ ވަނީ އެއްވެފައިވާ މީހުންނާ ބައްދަލުކުރައްވާފައެވެ. ބެނާތަކާއި ބިލް ބޯޑްތަކާއެކު ވެރިރަށް ޖަކާޓާގެ މަގުތައް މަތީގައި އާންމުން އެއްވެ ވަނީ އާރައީސް ވެރިކަމުގެ ހުވާ ކުރެއްވުމާއެކު ޖާފަތްތައްވެސް ބާއްވާފައެވެ.

އިންޑޮނީޝިއާގެ ސަގާފީ ހެދުން (ނޫކުލައިގެ ބޭޓާވީ އަދި ބޭސްބޯލް ކެޕް) ތުރުކުރައްވައިގެން ސަންރޫފް ހުދުކުލައިގެ ވޭން އެއްގެ މަތީގައި ހުންނަވާ ޕްރަބޯވޯ ވަނީ އެއްވެފައިވާ މީހުންނަށް އަތް ހޫރަމުން ޤާނޫނު ހަދާ މަޖިލީހުގެ ގެއިން ރިޔާސީ ގަނޑުވަރަށް ވަޑައިގެންނެވިއެވެ. ބައެއްފަހަރު މީހުންނާ ސަލާމްކުރައްވަމުން ކުރިއަށް ވަޑައިގެންނެވިއިރު އެވެފައިވާ މީހުން ޕްރަބޯވޯއަށް ކާމިޔާބަށް އެދި ގޮވަމުން ދިޔައެވެ.