ޚަބަރުދުނިޔެ

އެމެރިކާގެ ރިޔާސީ އިންތިޚާބު: ޓްރަމްޕް އަދި ހަރިސްވެސް މިޝިގަންގައި އަރަބި-އެމެރިކަންސްގެ ތާއިދު ހޯދުމުގައި

October 19, 2024

Share this story

ލިޔުނީ

އަށްޑުވަސް,

އެމެރިކާޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުން ކަމަށްވާ ޑޮނަލްޑް ޓްރަމްޕު އާއި ކަމަލާ ހަރިސް މިޝިގަން އަށް ޒިޔާރަތްކޮށްފިއެވެ. މިއީ އެމެރިކާގެ ސިޓީތަކުގެ ތެރެއިން މައިގަނޑު އާބާދީގެ ގޮތުގައި މުސްލިމުން ތިބި ހަމައެކަނި ސިޓީއެވެ. އަރަބި-އެމެރިކާ ރައްޔިތުން ގިނަ މިޝިގަން ސިޓީއަކީ އެމެރިކާގެ އިންތިޚާބުތަކުގެ ނަތީޖާ ކަނޑައެޅުމުގައި މުހިއްމު ދައުރެއް އަދާކުރާ އެއް ސިޓީއެވެ. މި ޒިޔާރަތުގައި ކަމަލާ ވަނީ މެދުއިރުމައްޗަށް ހަމަޖެހުން އަންނަން ޖެހޭކަމަށް ވިދާޅުވެފައެވެ.solexsolex

އިޒްރާއިލްއިން ޚަމާސް އަދި ހިޒްބުالله އާ ދެކޮޅަށް ޣައްޒާ އަދި ލުބުނާނުގައި ކުރަމުންދާ ހަނގުރާމައަށް އަލިއަޅުވާލާ ހަރިސް ބުނެފައިވަނީ މިއީ އުނދަގޫ އަހަރެއް ކަމަށެވެ. ޣައްޒާއަށް ލިބެމުންދާ ގެއްލުންތަކާއި ޣައްޒާއިން މަރުވި މިހުންގެ އަދަދު ގިނަކަން އޭނާ ފާހަގަކުރިއެވެ. ޒަޚަމްވެ ޣައްޒާ އަދި ލުބުނާނުގައި ގެދޮރުގެއްލި ވިއްސިވިހާލިވެފައިވާ މީހުން ގިނަކަމަށްވެސް ކަމާލާ ވަނީ ބުނެފައެވެ. އަދި ޚަމާސްގެ ލީޑަރު ޔަޙްޔާ ޞިންވާރުގެ މަރަށްފަހު ހަނގުރާމައިގެ މިސްރާބު ބަދަލުވާންޖެހޭ ކަމަށްވެސް ވަނީ ބުނެފައެވެ.

"އެންމެންވެސް އެބަޖެހޭ ޣައްޒާގައި ކުރަމުންމިދާ ހަނގުރާމަ ހުއްޓާލުމަށް މި ލިބުނު ފުރުޞަތުގެ ބޭނުން ހިފަން. ރަހީނުން ސަލާމަތްކޮށް, އެންމެނަށް ލިބެމުންދާ ކެކުޅުމަށް ނިމުން ގެންނަން" ކަމަލާގެ ސްޕީޗްގައި ބުނެފައިވެއެވެ.

ނަމަވެސް ޓްރަމްޕް މިޝިގަންގައި ދިން ސްޕިޗްތަކުގައި ކަނޑައެޅިގެން މެދުއިރުމަތީގެ ހާލަތާ ބެހޭގޮތުން ވާހަކަދައްކާފައެއް ނުވެއެވެ. އެހެންނަމަވެސް އަރަބި-އެމެރިކަން މުޖުތަމައުއިން ހަރިސްއަށް ވޯޓްދޭނެހެން ހީނުވާކަމަށް ޓްރަމްޕް ބުނެފައިވެއެވެ. އަދި ހަރިސްއަށް އޭނާ ކުރާ ކަމެއް ނޭނގޭ ކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ.

މިޝިގަން އަކީ "ތްރީ ބްލޫ ވޯލް ސްޓޭޓްސް" ގޮތުގައި ޕެންސިލްވޭނިއާ އަދި ވިސްކޮންސިން އާއެކު ހިމެނޭ ސިޓީއެކެވެ. އެއީ 1992 ން ފެށިގެން 2012 ވަނަ އަހަރާ ހަމައަށް ބޭއްވި އެއްވެސް އިންތިޚާބެއްގައި ޑިމޮކްރެޓުން ބަލިވެފައިނުވާ ތިން ސްޓޭޓް/ސިޓީ އެވެ. މި ތިން ސިޓީއަކީވެސް ނޮވެމްބަރު 5 ގައި ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ކަނޑައެޅުމުގައި މުޙިއްމު ތިން ސިޓީއެވެ. ވަކިން ޙާއްސަކޮށް މިޝިގަންގެ ވޯޓުލާ މީހުންގެ މެޖޯރިޓީ ވަނީ އެސިޓީގައި ހިމެނޭ އަރަބި-އެމެރިކާ މުޖުތަމައުގެ ބޮޑު އާބާދީއާއެކު މުހިއްމުކަން އިތުރުވެފައެވެ. މިހާރުގެ ރައީސް ޖޯއި ބައިޑެންގެ ސަރުކާރުން އިޒްރާއިލްއަށް ކުރާ ތާއީދާއެކު މިޝިގަންއިން ޑިމޮކްރޭޓުންނަށް ކުރާ ތާއީދު ކުޑަވެފައިވާ އިރު މިޝިގަންގެ މެޖޯރިޓީ ހޯދުމަކީ ހަރިސްއަށް އުނދަގޫކަމެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ. ހަރިސްއަކީ ބައިޑެންގެ ސަރުކާރުގެ ނައިބު ރައީސްވެ.