ޚަބަރުދުނިޔެ

ސިންވާރުގެ މަރަށްފަހު ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ނަތަންޔާހޫއަށް ކުރަމުންދާ ފިއްތުންތައް އިތުރުވަނީ

October 20, 2024

Share this story

ލިޔުނީ

އަށްޑުވަސް,

އިސްރާއީލްފަލަސްތީން

އިޒްރާއިލްއިން އެންމެ ބޭނުންވެފައިވާ ޚަމާސްގެ ލީޑަރު ޔަޙްޔާ ޞިންވާރުގެ މަރަކީ އިޒްރާއިލްއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. ނަމަވެސް އިޒްރާއިލްއިން ޣައްޒާގައި ފަށާފައިވާ ހަނގުރާމައަށް އަހަރެއްވީއިރު އިޒްރާއިލްގެ ރައްޔިތުންނަށްވެސް ވަނީ ހަނގުރާމައިގެ އަސަރު ވަރަށްބޮޑަށް ކޮށްފައެވެ. މިއާއެކު އިޒްރާއިލްގެ ރައްޔިތުންގެ ފަރާތުން ދަނީ ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެންނަން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހުއަށް ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.solexsolex

ނަމަވެސް ޞިންވާރުގެ މަރަށްފަހުވެސް ނަތަންޔާހޫ ބުނެފައިވަނީ ޣައްޒާގެ ހަނގުރާމަ އޮތީ ކުރިއަށް ކަމަށާއި, މިއީ އަދި ނިމުމުގެ ފެށުންކަމަށެވެ. އަހަރެއްފާއިތުވެ ދިޔައިރު އިޒްރާއިލްއިން ޣައްޒާގައި ފެށި ހަނގުރާމަ މިވަނީ ލުބުނާނާއި ޔަމަނަށް ފުޅާވެފައެވެ. ނަތަންޔާހޫ ބުނެގައިވަނީ ހަނގުރާމަ ނިމޭނީ ޚަމާސްއިން ހަތިޔާރު ބަހައްޓާ, ޣައްޒާގައި ބާކީ ތިބި 101 ރަހީނުން ދޫކޮށްލުމުން ކަމަށެވެ.

އިޒްރާއިލްއިން އިން ލުބުނާން, ފަލަޞްޠީން އަދި އީރާނަށް ދިން ހަމަލާތަކުގައި ޚަމާސް, އަދި ހިޒްބުالله ގެ އެންމެ އިސް ލީޑަރުން ވަނީ އަވަހާރަކޮށްލާފައެވެ. އޭގެތެރޭގައި ޚަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ޗީފް އިސްމާއިލް ޙަނިއްޔާ ޖުލައި މަހު އީރާންގެ ވެރިރަށް ތެޙްރާންގައި ވަނީ އަވަހާރަކޮށްލާފައެވެ. އޭގެ ފަހުން ޚަމާސްގެ ލީޑަރުގެ ގޮތުގައި އައްޔަނުކޮށްފައިވާ ޔަޙްޔާ ޞިންވާރު ބުދަ ދުވަހު ރަފަޙްގައި ވަނީ އަވަހާރަކޮށްލާފައެވެ. ސެޕްޓެމްބަރ 23 ގައި ލުބުނާނަށް ދޭންފެށި ހަމަލާތަކަށް ހަފުތާއެއް ވީއިރު ހިޒްބުالله ލީޑަރު ޙަސަން ނަޞްރުالله ލުބުނާނުގައި ވަނީ އަވަހާރަކޮށްލާފައެވެ.

"އަހަންނަށް ހީވަނީ މި ދަނޑިވަޅަކީ ޣައްޒާގައި ކުރަމުންދާ ހަނދުރާމަ ހުއްޓާލަން ލިބޭނެ އެންމެ ރަނގަޅު ފުރުޞަތުހެން" ޕްރޯ އިޒްރާއިލީ ޑިއާން އަދި ގިލްފޯޑް ގްލޭޒަރ ފައުންޑޭޝަންގެ ޕޮލިސީ ރިސާޗްގެ ސީނިއާ ޑިރެކްޓަރ ޝިރާ އެފްރޮން ރޮއިޓާސްއަށް މަޢުލޫމާތުދެމުން ބުނެފައި ވެއެވެ.

ނަމަވެސް ޚަމާސްއިން އަދި އެމީހުންގެ ލީޑަރުގެ މަރަށްފަހު ރެސްޕޮންޑު ކުރާނެ ގޮތެއް ކަނޑައެޅިގެން ބުނާކަށް ނޭނގެއެވެ. އިޒްރާއިލްއިން އާނމުކޮށްފައިވާ ވީޑިއޯ ފުޓޭޖުން ފެންނަ ގޮތުގައި ހަލާކުވެފައިވާ އިމާރާތެއްގެ ތެރޭގައި ހުރި ސޯފާތަކެއްގައި ޔަޙްޔާ ޞިންވާރު އިށިއިނދެގެން އިންނަ އިރު އޭނާ އިނީ ވަރަށް ބޮޑަށް ޒަޙަމްވެފައެވެ. އެއީ ޞިންވާރުގެ އެންމެ ފަހުވަގުތު ކޮޅެވެ. މަރާލުމަށްފަހު ޞިންވާރުގެ ހަށިގަނޑުވަނީ އިޒްރާއިލްއަށް ގެންގޮސްފައެވެ.

ހުކުރު ދުވަހު ޚަމާސްގެ ޑެޕިއުޓީ ހެޑް ޙަލީލް އަލް ޙައްޔާ ބުނެފައިވާ ގޮތުގައި އިޒްރާއިލްއިން ޣާއްޒާގައި ހިންގަމުންގެންދާ ހަމަލާތައް ހުއްޓާލާ, ޣައްޒާ ދޫކޮށް ނުދަނީސް ރަހީނުން މިނިވަން ނުކުރާނެއެވެ.