ޚަބަރުދުނިޔެ

ކަޝްމީރުގެ ޓަނަލެއްގައި ބަޑިޖަހާ 7 މީހުން މަރާލައިފި

October 23, 2024

Share this story

ލިޔުނީ

އަށްޑުވަސް,

އިންޑިޔާ

ކަޝްމީރުގައި ޓަނަލް ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަމުންދިޔަ ބައެއްގެ ގަޔަށް ބަޑިޖަހާ 7 މީހަކު މަރާލައިފިއެވެ. އިދާރީގޮތުން އިންޑިއާގެ ދަށުގައި އޮންނަ ކަޝްމީރު ގައި ދިން މިހަމާލާގައި އިތުރު ފަސް މިހަކު ޒަހަމްވެފައިވާކަމަށް އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައި ވެއެވެ. މިއީ ހަމަނުޖެހުންތައް ބޮޑު ކަޝްމީރުގައި އާންމުރައްޔިތުންނާ އަމާޒުކޮށް މިއަހަރު ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ. solexsolex

މިކަމާ ގުޅިގެން ހޯމަ ދުވަހު އިންޑިއާގެ ފުލުހުން ވަނީ ހަމަލާގެ ޒިންމާ އިންޑިއާ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުގެ ބޮލުގައި އަޅުވާފައެވެ. އަދި އެހަމަލާތައް ވަނީ "ޓެރަރިސްޓް ހަމަލާ" އެއްގެ ގޮތުގައި ސިފަކޮށްފައެވެ. ހަމަލާ ދީފައިވަނީ ކަޝްމީރުގެ ރިސޯޓް ޓައުން, ސޮނަމާގްގެ ގަގާންގިރް ސަރަޙައްދުގައެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ހަތިޔާރުއެޅި ދެ މީހުންވަނީ އެއްވެސް ބެލުމެއްނެތި ޓަނަލުގައި މަސައްކަތްކުރަމުން ދިޔަ މީހުންގެ ގަޔަށް ބަޑިޖަހާފައިވާ ކަމުގައެވެ. އާދިއްތަ ދުވަހު ދިން މި ހަމަލާތަކުގައި ދެމީހަކު ވަގުތުން މަރުވިއިރު, އަނެއް ފަސްމީހުން މަރުވެފައިވަނީ ފަރުވާދެމުން ދަނިކޮށެވެ. އޭގެތެރޭގައި އިންޑިއާގައި މަސައްކަތް ކުރާ އެހެން ގައުމުތަކުގެ ފަސް މީހުންވެސް ހިމެނެއެވެ.