ޚަބަރުދުނިޔެ

އުތުރު ޣައްޒާ މަރުގެ ތުންފަތްމަތީގައި, އިޒްރާއިލްއިން ލުބުނާނުގައުވެސް ހަމަލާތައް ކުރިއަށް.

October 23, 2024

Share this story

ލިޔުނީ

އަށްޑުވަސް,

އިސްރާއީލްފަލަސްތީން

އަންގާރަ ދުވަހުގެރޭވެސް އިޒްރާއިލްގެ ޓޭންކަރުތަކުން އުތުރު ޣައްޒާގެ ބެއިތު ލަހިޔާގެ ސްކޫލެއްގައި ހިމާޔަތް ހޯދައިގެން ތިބި ބަޔަކަށް ހަމަލާދީ ހަތް މީހުން މަރާލައިފިއެވެ. ފަލަޞްޠީނުގެ ވަފާ ނިއުސް އެޖެންސީއާ ހަވާލާދީ އަލް ޖަޒީރާގައި ރިޕޯޓް ކޮށްފައިވާ ގޮތުން ފާއިތުވި ހަފުތާގައި އެކަނިވެސް އުތުރު ޣައްޒާއިން 690 މީހަކު އިޒްރާއިލްއިން ވަނީ މަރާލާފައެވެ. solexsolex

އުތުރު ޣައްޒާގައި މީހުން ދިރުއުޅޭ ކޭމްޕްތަކުން ނެރުމައްފަހު ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ބޭރުގައި އިޒްޜާއިލްއިން ވަނީ މީހުން ސަފުސަފަށް އަތުރާފައެވެ. އަދި އަންހެނުންނާއި ފިރިހެނުން ވަކިކޮށް ފިރިހެނުން ވަކިތަނަކަށް ގެންގޮސް, އަންހެނުންނަށް ސަރަހައްދު ދޫކޮށްދާން ވަނީ އަންގާފައެވެ. ނަމަވެސް އެމީހުން ބައިބަޔަށް ސަރަޙައްދު ދޫކޮށް ދަމުން ދިޔައިރުވެސް އިޒްރާއިލްއިން ދިޔައީ މީހުންގެ ތެރެއަށްވެސް ބަޑިޖަހަމުން ކަމުގައި ރިޕޯޓްތައް ބުނެއެވެ. އަދި މަގުތަކުން ދާއިރު މަރާލާފައިވާ ހަށިތައް އެތައްމިތާނގައި އޮތްކަމަށްވެސް ހަބަރުތައް ބުނެއެވެ. މަގުތަކުގައި ފިރިހެނުން ހައްޔަރުކޮށް އެމީހުންނަށް އަނިޔާކޮށް ތަޅާ މަންޒަރުވެސް ވަނީ އެތައް ބަޔަކަށް ފެނިފައެވެ.

އުތުރަށް ކާބޯތަކެތި ލިބެން އޮތް ހުރިހާ މަގެއް އިޒްރާއިލްއިން ބަންދުކޮށްފައިވާއިރު, 1 އޮކްޓޯބަރުން ފެށިގެން އުތުރު ޣައްޒާއަށް ކާބޯތަކެތީގެ އެއްވެސް މިންވަރެއް ވަދެފައި ނުވާކަމަށް އދ ން މައުލޫމާތުދެއެވެ. އުތުރުން ފެނާއި ކަރަންޓްވެސް ކަނޑާލާފައި އޮންނަތާ ދެ ހަފުތާއަށްވުރެ ގިނަދުވަސް ވަނީ ވެފައެވެ.

އަލްޖަޒީރާއިން ވެރިފައިކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތޮގައި އިޒްރާއިލްއިން އަންގާރަ ދުވަހުގެ ރޭ ވަނީ ލުބުނާނުގެ އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށްވެސް ބޮންއަޅާފައެވެ. ވީޑިއޯއިން ފެންނަގޮތުގައި ބޮޑެތި ގޮތުންތައް ގޮވާ އަލިފާންގަނޑުތައް އެސަރަހައްދުގައި އުފެދިފައި ވެއެވެ.