ޚަބަރުރާއްޖެ

އެއް އަހަރާ ދެމަސް މިސަރުކާރަށް ވެގެން މިދަނީ ދޮގު ހެދުމުގައި- ޝާހިދު

January 13, 2025

Share this story

ލިޔުނީ

އަށްޑުވަސް,

އެމްޑީޕީއަބްދުالله ޝާހިދު

އެއް އަހަރާ ދެމަސް މިސަރުކާރަށް ވެގެން މިދަނީ ދޮގު ހެދުމުގައި ކަމަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ. އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ފޮރިންގ މިނިސްޓަރ ޝާހިދު ވިދާޅުވީ ތދެއް ހެދެން އޮތަސް މިސަރުކާރުން ހަދަނީ ދޮގު ކަމަށެވެ. ޕޯޑިއަމްއެއް ލިބުނަސް, ޓްވީޓެއް ކުރިޔަސް ހަދަނީ ދޮގު ކަމަށް ޝާހިދު ވިދާޅުވިއެވެ. ވެރިކަމަށް އައުމުގެ ކުރިންވެސް އޭގެފަހުންވެސް މިސަރުކާރުން ހަދަނީ ދޮގު ކަމަށް ވިދާޅުވެ ބައެއް މިސާލުތައް ފާހަގަކުރެއްވިއެވެ.solexsolex

އެގޮތުން އިންޑިޔާ ސިފައިންގެ މައްސަލަ އާއި, ޖީއެސްޓީ ބޮޑު ނުކުރާނެ ކަމަށް ވިދާޅުވި ވިދާޅުވުމާއި, ފްލެޓްތަކުގެ މައްސަލައާއި, ސިޔާސީ މުވައްޒަފުންގެ އަދަދާއި, އާރުޓީއައިގެ ކަންތައް ޝާހިދު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ޝާހިދު ވިދާޅުވީ ޤާނޫނަކީވެސް ކުޅޭކުޅޭ އެއްޗަކަށް މިސަރުކާރުން ހަދައިފި ކަމަށެވެ. އަދި ޒާތީ ދިރިއުޅުމުގެ ހުރިހާ ދިމާއަކަށް ސަރުކާރުން އަތްބާނައިފި ކަމަށް ވިދާޅުވިއެވެ. ސަރުކާރުގެ މިސްރށބު ގޯސްކަން ފާހަގަކުރައްވާ އެދިވަޑައިގަތީ މިމަހުގެ 31 ވަނަ ދުވަހު އެމްޑީޕީ އިސްވެ އޮވެ ބާއްވާ އެއްވުމުގައި ބައިވެރިވުމަށެވެ.