ޚަބަރުރާއްޖެ

ފިއްޓޭ ޕީއެންސީ ދަފްތަރަށް, އެމްޑީޕީން އީސީއަށް!

January 13, 2025

Share this story

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވެރިކަން ކުރާ ޕީއެންސީގެ ދަފްތަރަށް ބަދަލުކޮށްފައިވާތީ އެމްޑީޕީން އިލެކްޝަން ކޮމިޝަނަށް ހިނގައްޖެއެވެ.solexsolex

އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަންވެސް ކުރައްވާ ފިއްޓޭ އަށް ނޭންގެ އޭނާ އެމްޑީޕީން ވަކިކޮށް, ޕީއެންސީއަށް ވައްދާފައިވާތީ އެމްޑީޕީން ވަނީ އެކަން ކުށްވެރިކޮށް, މައްސަލަ ބަލަން ގޮވާލާފައެވެ. އެމްޑީޕީން ބުނީ ފިއްޓޭ ޕީއެންސީއަށް ވެއްދީ އޭނާގެ ނަން މަތީގައި ވަގު ފޯމެއް ފުރައިގެން ކަމަށެވެ. އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ކަމާ ގުޅުންހުރި އެމްޑީޕީން ވަނީ ގޮވާލާފައެވެ.

ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ އެމްޑީޕީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ހިމަނާފައިވާތީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް އެކިފަހަރު މަތީން ގެނެސްފައިވާކަމަށް އެމްޑީޕީން ބުންޏެވެ. އެ މައްސަލާގައި އިލެކްޝަންސް ކޮމިޝަން (އީސީ) އާއެކު ބޭއްވި ބައްދަލުވުމުގައި ވެސް ވަގު ފޯމެއް ބަލައިގަނެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޕާޓީ އީސީން ބަދަލުކޮށްފިނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލުމުގެ ފުރުސަތު ގާނޫނުއަސާސީއަށް މިފަހުން ގެނައި ބަދަލާއެކު އޮތްކަމުގެ ކަންބޮޑުވުން ހިއްސާކުރި ކަމަށް އެމްޑީޕީން ބުންޏެވެ.

މިއަދު އަނެއްކާވެސް އެމްޑީޕީގެ ޗެއަރޕަސަންއާއި ލީޑަރޝިޕްގެ އެހެން ބޭފުންވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ފިއްޓޭއާއެކު ވަނީ އިލެކްޝަން ކޮމިޝަނަށް ގޮސް ޝަކުވާ ހުށަހަޅާފައެވެ. އެމްޑީޕީން ތުހުމަތު ކުރަނީ އެޕާޓީގެ މެމްބަރުން އެމްޑީޕީއަށް ބަދަލުކުރާ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ޕީއެންސީއަށް އެއް ލައްކަ މެމްބަރުން ހަމަކުރަން ކުރާ ކަމެއް ކަމަށެވެ. އެކަން ކުރަނީ މީހުންގެ ސޮއި ފޯޖުކޮށްގެންކަމަށް އެމްޑީޕީން ތުހުމަތު ކުރެއެވެ. އެފަދަ ފޯމުތައް ޕްރޮސެސް ކުރުން ހުއްޓާލުމަށް އެމްޑީޕީން ވަނީ އީސީގައި އެދިފައެވެ.