ޚަބަރުރާއްޖެ

ވަގު ފޯމް ފުރި މައްސަލާގެ ޖިނާއީ ތަހުގީގެއް ކޮށްދޭން އެމްޑީޕީން އެދިއްޖެ

January 16, 2025

Share this story

ލިޔުނީ

އަށްޑުވަސް,

އެމްޑީޕީ

ވަގު ފޯމް ފުރި މައްސަލާގެ ޖިނާއީ ތަހުގީގެއް ކޮށްދޭން ފުލުހުންނާއި އޭސީސީގައި އެމްޑީޕީން އެދިއްޖެ އެވެ.solexsolex

އެމްޑީޕީން މިއަދު ބުނީ ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށް، ވަގު ފޯމު ފުރައިގެން ސަރުކާރު ހިންގާ ޕީއެންސީއަށް ވެއްދި މައްސަލާގައި ހިމެނޭ ޖިނާއީ ކުށްތައް ތަހުގީގު ކުރުމަށް ފުލުހުންނާއި އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަތައް ތަހުގީގު ކުރުމަށް އެ ދެ އިދާރާގެ މައްޗަށް އަމުރުކޮށްދެއްވުމަށް ޕީޖީގައި ވެސް އެދިފައިވާކަމަށް އެމްޑީޕީން ބުންޏެވެ.

ޕީއެންސީން ހުށަހެޅި އެއްވެސް ފޯމެއް ޕްރޮސެސް ނުކުރުމަށާއި، ޕްރޮސެސް ކުރި ފޯމުތައް ކެންސަލްކޮށް، އެ ފޯމުތަކުގެ ސައްހަކަން އަލުން ކަށަވަރުކުރުމަށް އިލެކްޝަންސް ކޮމިޝަންގައިވެސް އެދިފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.